އެމްޑީޕީން ހައްގު ހޯދަން ވަކާލާތު ކުރި ކަންކަމުގެ ދިފާއުގައި ބަހެއް ނުބެނެވޭ ހިސާބަށް ކަންކަން ދިޔުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެެވެ.
ރަައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ހޯދުމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ އެމްޑީޕީން ކަމަށެވެ. އެހެން ނަމަވެސް އެ ހައްގު ހޯދުމަށް މަޖިލީހަށް ހުށައެޅި މައްސަލައެއް ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލުމުން ކުރީގައި ދުށް އެމްޑީޕީ މިއަދު ވުޖޫދުގައި ނެތީތޯ ނުވަތަ އެމްޑީޕީ އުވެމުންދަނީތޯ ސުވާލު އުފެދޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީން ހައްގުތައް ހޯދުމަށް ވަކާލާތު ކުރި ފަރާތްތައް މިއަދު ކޮބައިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރީގައި ވަކާލާތު ކުރި ގޮތަށް ކޮބައިބާއޭ އެ ވަކާލާތު ކުރި ފަރާތްތައް. އެމްޑީޕީގެ ސިފައިގައި އެމްޑީޕީން ވާހަކަ ދެއްކި ބޭފުޅުން މިއަދު ކިހިނެތްތޯ އެ ހައްދަވަނީ؟ އަޅުގަނޑު ހަމަ ހައިރާންވޭ، ކޮންގޮތަކަށް ފިތިގެންބާއޭ އަޅުގަނޑު ހިތަށް އަރާ އެމިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ހޯދުމުގެ މައްޗަށް، އެކަން ކަށަވަރުކުރުމުގެ މައްޗަށް އެމްޑީޕީ ބަހެއް ނުބުނެވޭ ހިސާބަށް އެމްޑީޕީގެ ހާލަތު ދިޔައީ، އަޅުގަނޑު ހަމަ ހައިރާންވޭ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ކުލައެއް ޖައްސައިގެން ޕާޓީއެެއް ވެރިކަމަށް އައި ނަމަވެސް ވެރިކަން ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށެވެ. މިހާރު ފެނިގެންދަނީ ސަރުކާރުން ބޭނުންގޮތަކަށް ކަންތައް ކުރަމުންދާތަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިދާގޮތަށް ކަންތައްތައް ދާކަަމަށް ވެއްޖެއްޔާ ކުރީގައި އޮތް އެމްޑީޕީ އޮންނާނެހެނެއް ބިއެއްނުވޭ، އެގޮތަށް އެކަން ދާކަމަށް ވެއްޖެއްޔާ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ އެއް އުފެދިގެން އައިސް ޕާޓީތަކުން ރައްޔިތުންނަށް ދޭ ޚިދުމަތެއް ރާއްޖެއަކު ނޯންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު