ރަޖިސްޓްރީކޮށްފަައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިލްތިމާސްކޮށްފި އެވެ.
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކުންފުނިން ޕޮންޒީ ސްކީމަކާ އެއްގޮތްވާ ކަހަލަ މުއާމަލާތްތަކެއް ހިންގަމުންދާ މައްސަލައެއް ފުލުހުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބަލަން ފަށާފައެވެ. އަދި އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
ސީއެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާ، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ސެކިއުރިޓީޒް ކަމަށް ބަޔާންކޮށްފައިވަނީ ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި ބިލު ނުވަތަ ބޮންޑު، ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ ނުވަތަ ނެރެން ހުށަހަޅާ ޑިބެންޗާ، ސްޓޮކު، ހިއްސާ، ބޮންޑު، ނޯޓު، މިއިން އެއްޗަކާ ބެހޭ ހައްގެއް، ވޮރެންޓެއް ނުވަތަ އޮޕްޝަނެއް އަދި އެ ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒްގެ ގޮތުގައި ސީއެމްޑީއޭއިން ކަނޑައަޅާ ކޮންމެ ލިޔުމެއް ކަަމަށް ބަޔާނުގައިވެއެެވެ.
އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދީ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުޢާމަލާތަކީ "ސެކިއުރިޓީޒް" ގެ މާނައިގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސީއެމްޑީއޭއިން ބުނީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެ ކަމަށް ނަގަން ޖެހޭ ހުއްދަ ނުވަތަ ލައިސެންސް ނުނަގައި ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ ނުވަތަ އެ ގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކޮށް އަމަލު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ސީއެމްޑީއޭއިން ވަނީ ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓު ކުރުމުގެ ސަބަބުން އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާ ނަމަ، ލިބުނު ގެއްލުމުގެ ތަފްސީލާއެކު އެ އޮތޯރިޓީއަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އިލްްތިމާސްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު