އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިއްމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމް އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދަށް އަންނައިރު ސަމާލުވާންވީ ބައެއް ކަންކަން ހާމަކޮށްފައެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން އައުމަށާއި، އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަމިއްލަ ފެންފުޅިއެއް ގެނައުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިއްމާފައިވާއިރު ވޭތުވެ ދިޔަ ދެ އަހަރު ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އީދު ބޮޑު ޖަމާއަތް ބާއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު