އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖު ކުރުމުގައި އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުމަށް އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުމުތަކުގެ މެދުގައި އުފައްދާފައިވާ ޖީ -16 (ޖީ ސިކްސްޓީން) ގްރޫޕްގެ 32 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްނެގުމާއިއެކު މިއަދު މާލޭގައި ބޭއްވި މި ބައްދަލުވުމުން ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އަންނަ މެއި މަހުގެ 8 އިން 20 އަށް ބާއްވަން ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ އަހަރީ އާންމު ބައްދަލުވުމަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި ހިޔާލު އެއްގޮތް ކުރުމާއި އައްސޭރިފަށުގެ ގައުމުތަކުން ވަކާލާތުކުރާނެ ކަންކަމާމެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އައުން ކަމަށެވެ.
ދެ ދުވަހުގެ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، މޮރޮކޯ، ސީޝެލްސް، ސްރީލަންކާ، ސޯމާލިއާ، ޓެންޒޭނިއާ އަދި ތައިލެންޓްގެ މަސްވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި ފަންނީ މާހިރުން އަދި ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ހިމެނޭގޮތަށް 37 ފަރާތަކުން ބައިވެރިވެފައިވެއެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއަކީ 1996 ގައި ދުނިޔޭގެ ކާނާއާއި ކަނޑުވެރިމުގެ ޖަމުއިއްޔާ އާއި އިންޑިޔާ ކަނޑުގެ މަސްވެރިކަން ކުރަމުން އަންނަ ގައުމުތަކުން އިސްނަގައިގެން އުފައްދާފައިވާ ޖަމާއަތެކެވެ. އައިއޯޓީސީ އިން ރާވާހިންގާ ބަލަހައްޓަނީ ކަނޑުމަހާއި ކަނޑުމަހާއި ގުޅުންހުރި، އަދި އެބާވަތެއްގެ ސްޓޮކް މުޅި އިންޑިޔާ ކަނޑަށް ފެތުރިފައިވާ 16 ބާވަތެކެވެ. 32 ޤައުމު އެކުލެވޭ މިޖަމާއަތުގެ ސެކްރެޓޭރިއޭޓް ގާއިމުކުރެވިފައިވަނީ ޝީޝެލްސްގައެވެ. އައިއޯޓީސީގައި ދިވެހިރާއްޖެ ފުރިހަމަ މެންބަރަކަށް ވެފައިވަނީ 2011 ވަނައަހަރުގައެވެ.
ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގައި ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ހިފާ މެންބަރު ގައުމެވެ.
ޖީ.16 އަކީ އައިއޯޓީސީގެ 32 މެމްބަރު ގައުމުގެ ތެރޭގައި ހިމެނޭ އިންޑިއާކަނޑުގެ އައްސޭރިފަށުގެ 17 މެމްބަރު ގައުމުން އެކުލަވާލައިފައިވާ ނުރަސްމީ ގްރޫޕެކެވެ. މި ގްރޫޕުގެ މަގުސަދަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތައް މެނޭޖްކުރުމަށް އައިއޯޓީސީގައި ކުރެވޭ މަސައްކަތްތަކުގައި އައްސޭރިފަށުގެ ގައުމުތަކުގެ ވިސްނުން އިތުރަށް އެއްގޮތްކޮށް ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވާ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިންޓެރެސްޓް ހިމާޔަތް ކުރުމަށް ގްރޫޕެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު