ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޚަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ފްރާންސްގެ ވެރިކަމުގެ ދެވަނަ ދައުރަކަށް މެކްރޯން ހޮވިވަޑައިގަތީ އެމަނިކުފާނާ ވާދަކުރެއްވި މެރީން ލެ ޕެން ގެ މައްޗަށް ކުރި ހޯއްދަވައިގެންނެެވެ. މެކްރޯން އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުގެ ނަތީޖާއިން 58 އިންސައްތައަށްވުރެ މަތިން ވޯޓު ހޯއްދަވައިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ބޮޑު ތަފާތަކުން ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވިކަމަށްޓަކާ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި ރާއްޖެއާއި ފަރަންސޭސިވިލާތާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުން، ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މެކްރޮން ވަނީ 58.2 އިންސައްތަ ވޯޓް ހޯއްދަވާފައެވެ. އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ، ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލުޕޭންނަށް ލިބިވަޑައިގެންފައިވަނީ 41.8 އިންސައްތަ ވޯޓެވެ.
ޢުމުރުފުޅުން 44 އަހަރުގެ މެކޮރޮން ވެވަޑައިގެންފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގައި ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއަށްކަން ފާހަަގަކޮށްލެވެއެެވެ.

Warm congratulations to President @EmmanuelMacron for his decisive electoral win to a second term as President of France. I look forward to the continued strengthening of the already warm friendship between Maldives and France.
— Ibrahim Mohamed Solih (@ibusolih) April 25, 2022
އަދި ރާއްޖެއާއި ފަރަންސޭސިވިލާތާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުން، ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މެކްރޮން ވަނީ 58.2 އިންސައްތަ ވޯޓް ހޯއްދަވާފައެވެ. އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ، ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލުޕޭންނަށް ލިބިވަޑައިގެންފައިވަނީ 41.8 އިންސައްތަ ވޯޓެވެ.
ޢުމުރުފުޅުން 44 އަހަރުގެ މެކޮރޮން ވެވަޑައިގެންފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގައި ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއަށްކަން ފާހަަގަކޮށްލެވެއެެވެ.
ކިޔުންތެރިންގެ ހިޔާލު