--
--
ށ. ކަނޑިތީމުގައި އެއް އަހަރުގެ ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަން "ރަސް އޮންލައިން" އަށް މިކަންވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އިރުއޮއްސެން ކައިރިވެފައިވަނިކޮށް 6 ޖަހާ އެހާކަށްހާއިރު ކަމަށެވެ. އަދި އެކުއްޖާ މޫދުން ނަގައިގެން ގެންގޮސްފައިވަނީ އެ ރަށު ސިއްހީ މަރުކަޒަށް ކަމަށާއި އެކުއްޖާ ނިޔާވެފައިވާކަން ޔަގީން ކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދަށްވެއްޓިފައިވަނީ މޫދާ ވަރަށް ކައިރީގައި ހުންނަ ގެއެއްގެ ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ގެއްލިގެން ހޯދަންފެށީ ކުއްޖާގެ މަންމަ މިއަދު ހަވީރު އެ ކުއްޖާ ގޮވައިގެން ފިހާރައަކަށް ގޮސް ގަތް އެއްޗެހި ގެއަށްލާފަ ނުކުތްއިރު އެ ކުއްޖާ ފެންނަން ނެތުމުންނެވެ. އޭރު ގާތްގަނޑަކަށް ހަވީރު 5:30 ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު