ފަހަރިއަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ފޮނުއްވި މެސެޖްތަކެއް ލީކުކޮށްލައިފި އެވެ.
މިފަދަ މެސެޖްތަކެއް ލީކުވެފައިމިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން، ސަރުކާރުގެ ވެރީންގެ އަރިހުގައި އެދިގެން އެއްވެސް މީހަކަށް ވަޒީފާއެއް ހޯދާދޭން އޭނާ މަސައްކަތް ކޮށްފައިނުވާނެ ކަމަށް އިންތި ވިދާޅުވެފައި ވަނިކޮށެވެ.
ލީކުވެފައިވާ މެސެޖްތަކުން އެނގޭގޮތުގައި ވަކި މީހަކަށް ވަޒީފާއެއް ހަމަޖައްސައިި ދިނުމަށް އެދިވަޑައިގެން އިމްތިޔާޒް މެސެޖް ކުރައްވާފައިވަނީ މިހާރު އެޗްޑީސީގެ ދަށުގައި އޮތް ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ އޭރު އިސް މަގާމެއްގައި ހުންނެފި ޝާތިރު ކިޔާ ބޭފުޅަކަށެވެ.
އެ މެސެޖްތަކުގައި އިމްތިޔާޒް އެދިވަޑައިފައި ވަނީ އިންތިގެ ފަހަރިއަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށެވެ. އަދި އެ އަންހެން މީހާ އޭރު އަދާކުރަމުން ދިޔަ ވަޒީފާގެ ތަފްސީލް ވެސް އިންތިގެ މެސެޖައި ދެއްވާފައިވެއެވެ.
އޭގެ ފަހުން އޮގަސްޓް 7، 2021 ގައި ވަޒީފާގެ ކަންކަން ހަމަނުޖެހި ފަސްވަމުންދާތީވެސް އިންތި ވަނީ މެސެޖެއް ކުރައްވާފައެެވެ. އެ މެސެޖްގައި ވަޒީފާގެ ކަންކަން ކޮބައިތޯ އިންތި ސުވާލު ކުރައްވައެވެ. އަދި އިންޓަވިއުއަށް ފަހު ހަބަރެއް ނުވާތީ އަންގާލެއްވީ ކަމަށް އިންތި އެ މެސެޖްގައި ވިދާޅުވެފައިވެއެެވެ.
"ވިދާޅުވީމެއްނު ތީ ޗެއާމަންގެ އަތްމަތީ އޮންނަ ކަމެކޭ، ތި ޖޮބް [ވަޒީފާ] ގެ ކަމަކީ،" އިންތި ފޮނުއްވި މެސެޖްގައިވެއެވެ.
އާންމުވެފައިވާ މެސެޖްތަކުން އެނގޭގޮތުގައި ފަހުން އޮގަސްޓް 15 ގައި އެ ވަޒީފާ ހަމަޖެހުމުން ޝާތިރަށް އިމްތިޔާޒް ވަނީ ޝުކުރު އަދާކުރައްވައި މެސެޖެއް ކުރައްވާފައެވެ. މި މެސެޖްތަކާއި ގުޅިގެން މިހާތަނަށް އިންތިގެ ބަހެއް އަދި ނުލިބެއެެވެ.

ކިޔުންތެރިންގެ ހިޔާލު