މޫސުމަށް އަންނަ ބަދަލުތައް ބައެއް ޤައުމުތަކުން ޤަބޫލުނުކުރާކަމަށާއި، އެކަމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ އިންޑިއާއިން އިންތިޒާމުކުރާ ފޮރިންގ ޕޮލިސީ އަދި ޖިއޯއިކޮނޮމިކްސް ކޮންފަރެންސް ދަ ރައިސީނާ ޑައިލޮގް 2022 ގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ ހޭދައިގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކަކީ ސީރިއަސް އަދި އޭގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް އިޙްސާސް ނުކުރެވޭ ބަދަލުތަކެއް ކަމަށާއި، އެހެންނޫންނަމަ މިހާރު މިމައްސަލަ އޮތް ހިސާބުން އަވަސް ފިޔަވަޅުތައް އަޅަން ޤައުމުތަކުން މަސައްކަތްކުރާނެކަމަށެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ދެމުންދާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތްކަމަށާއި އެގޮތުން ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ހޭދަ ކުރުމާއި ޓެކްނޮލޮޖީއަށް ހޭދަ ނުކުރެވޭކަމަށެވެ.
ރައިސީނާ ކޮންފަރެންސްގައި މިނިސްޓަރ ޝައުނާ ވަނީ ޤައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ނިޒާމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމުތަކުން ސުލްޙަވެ، ހުރިހާ މައްސަލައެއް ހައްލުވުމުން ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތައް މަޑުނުޖެހޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އައިރީނާއަކީ އިންޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ 7 ވަނަ ކޮންފަރެންސްއެވެ.

Happening Now - #Raisina2022 | New Fuels, Old Aspirations: Moving the Next 5 Billion
— Min. of Environment, Climate Change and Technology (@MoEnvmv) April 26, 2022
Minister Aminath Shauna https://t.co/O1Lddce0bf pic.twitter.com/whjRtQvBKr
ރައިސީނާ ކޮންފަރެންސްގައި މިނިސްޓަރ ޝައުނާ ވަނީ ޤައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ނިޒާމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމުތަކުން ސުލްޙަވެ، ހުރިހާ މައްސަލައެއް ހައްލުވުމުން ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތައް މަޑުނުޖެހޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އައިރީނާއަކީ އިންޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ 7 ވަނަ ކޮންފަރެންސްއެވެ.
ކިޔުންތެރިންގެ ހިޔާލު