ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތްުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކުރި ޕްރޮޖެކްޓް މުޅިން ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީއާއި ހަވާލު ކޮށްފިއެވެ.
މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް 96 ވަނަ އެމްބިއުލާންސް ހަވާލު ކޮށްދެއްވާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތު މިނިސްޓްރީން އެސްޓީއޯއާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެނެސް ހެލްތު މިނިސްޓްރީއާއިވަނީ ހަވާލުކޮށްފައެވެ. މިއަދު ފާހަގަ ކޮށްފައިވަނީ މުޅި ޕްރޮޖެކްޓްގައި ހިމެނޭ ހުރިހާ އެމްބިއުލާންސެއް ހަވާލުކޮށް ނިމުމެވެ.
އެމްބިއުލާންސްތައް އެތެރެ ކުރެވެމުންދާ ވަރަކުން ރަށްރަށަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އެންބިއުލާންސް ހަވާލު ކުރުމަށްފަހު އެސްޓީއޯއިން ބުނީ، ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެ ކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވޭ ކަމީ އެ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު