ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާ ކޮންމެ ކަމަކީ ބާތިލް ނުވަތަ ގޯސްކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވީ މީސްތަކުންގެ ނަފުރަތާއި ނުރުހުމާއި ފާޑުކިޔުން އަމާޒުވާ ކޮންމެ ކަމަކީ ބާތިލް ނުވަތަ ގޯސްކަމެއް ނޫން ކަމަށެވެ. އަދި ހަމަ އެގޮތަށް މީސްތަކުންގެ ރުހުމާއި ހެއު ބަސްތަކާއި ސަނާކިޔުން ލިބޭ ކޮންމެ ކަމަކީ ހައްގު ނުވަތަ ހެއު ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.



"ހެއު ކަމެއް ކުރާނަމަ މީސްތަކުންގެ ބަހަށް ނުބަލާށެވެ،" އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވީ ސީދާ ކޮންކަމަކަށް އިޝާރަތް ކުރަށްވާފައި ކަމެއް ސާފެއް ނުވެއެެވެ. އެހެން ނަަމަވެސް ދާދިފަހުން އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރީ ފްރޭމް ކޮށްގެން ކަމަށް ބުނެ އައްޑޫގައި ވަނީ މުޒާހަރާކޮށްފައެވެ.

އެ އަންހެންމީހާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ފުލުހުން މިހާރު ވަނީ އެއަންހެންމީހާ ދޫކޮށްލާފައެވެ. އެ އަންހެންމީހާގެ ކުށެއް ނެތި އެތައް ދުވަހެއް ވަންދެން ފުލުހުން އޭނާ ބަންދުކޮށްގެން ގެންގުޅެފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު