އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އާންމު ކުރަށްވާނަންތޯއޭ ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސުވާލު ކުރައްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހިއްސާކުރައްވަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވައްކަމާއި ޚިޔާނަތް ނުބެލޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ އެމްޑީޕީ ލީޑް ކުރާ ސަރުކާރެއް ކަމަށާއި، ހުރިހާ ވައްކަމަކާއި ކޮރަޕްޝަންގައި އެމްޑީޕީ މީހުން ތިބީ "މެކިގެން" ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ނުބެލިގެން އުޅެނީ އެހެންވެގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީން މިކަމުގެ ޒިންމާ ނަގަންޖެހޭނެ، ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ކޮރަޕްޝަންގެ ރިޕޯޓް އެމްޑީޕީގެ އިންތިޚާބުގެ ކުރިން އާންމު ކުރައްވާނަންތޯ؟" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސުވާލު ކުރެެއްވިއެވެ.
އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީ ސަރުކާރުން ވަކިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނާއި، އެމްޑީޕީން އަބަދުވެސް ބޭނުން ވަނީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ ސަރުކާރުން ޚިޔާނާތްތެރި ނުވެ، ތަފާތު ކުރުން ނުގެންގުޅެ، އަނިޔާވެރި ނުވުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާއި ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ ސަރުކާރަށް އިތުބާރު ލިބޭނެ ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

Miee MDP lead kuraa sarukaareh. Kurihaa vakkamaai corruption gai MDP ge meehun thibee mekigen. Massalathathah nubelenee ehenve. MDP in zimmaa naganjeheyne!
— Adam Shareef Umar (@Adamshareefz) April 25, 2022
@MohamedNasheed aiypulhugai oiy corruption report MDP ge election ge kurin aammu kuravvaananthoa?https://t.co/Htc5MZUfHV
"އެމްޑީޕީން މިކަމުގެ ޒިންމާ ނަގަންޖެހޭނެ، ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ކޮރަޕްޝަންގެ ރިޕޯޓް އެމްޑީޕީގެ އިންތިޚާބުގެ ކުރިން އާންމު ކުރައްވާނަންތޯ؟" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސުވާލު ކުރެެއްވިއެވެ.
އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީ ސަރުކާރުން ވަކިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނާއި، އެމްޑީޕީން އަބަދުވެސް ބޭނުން ވަނީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ ސަރުކާރުން ޚިޔާނާތްތެރި ނުވެ، ތަފާތު ކުރުން ނުގެންގުޅެ، އަނިޔާވެރި ނުވުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާއި ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ ސަރުކާރަށް އިތުބާރު ލިބޭނެ ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު