ނާއިބް ރައީސް ފައިސަލް ނަސީމް ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނާއިބް ރައީސް ފައިސަލް ނަސީމް ގުރައިދޫ މަރުކަޒަށް ޒިޔާރަތް ކުރެއްވީ މިއަދުގެ ހަވީރުގެ ވަގުތެެއްގައެވެ. މި ޒިޔާރަތުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ އެމަރުކަޒުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދިމާވާ ދަތިތަށް އޮޅުންފިލުއްވާފައެވެ.
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅޭ ގިނަ ކަންބޮޑުވުންތަކަކާއިއެކު އެޗްއާރުސީއެމުން ޖެންޑާ މިނިސްޓްރީއާ ދާދިފަހުން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަރުކަޒުގައި ތިބި މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ދަތިތަކެވެ.
އެގޮތުން، 2013ވަނަ އަހަރު އެ ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު، އެތަނުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ފާހަގަކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމުގައި ދާއިމީ ހައްލެއް ލިބިފައި ނުވާކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
މީގެ އިތުރުން އެ މަރުކަޒު ހިންގުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް ލިޔެވިފައި ނެތުމާއި، ވޯޑުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ނުވާކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަށީގެންވާ ވަރަށް ތަމްރީނުވެގެން ތިބި ބައެއް ނޫން ކަމަށެވެ. އަދި ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު ތަނުގެ މުވައްޒަފުންގެ އަދަދު ވެސް މަދު ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަމުންދާ މީހުންނާއި، އަޅާލާނެ މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ތިބެއެވެ.

Vice President @FaisalNasym visits the Home for People with Special Needs in Guraidhoo Island, Kaafu Atoll, and speaks with some of the residents to inquire about their affairs and wellbeing. pic.twitter.com/4rEhmA7U2a
— The President's Office (@presidencymv) April 26, 2022
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅޭ ގިނަ ކަންބޮޑުވުންތަކަކާއިއެކު އެޗްއާރުސީއެމުން ޖެންޑާ މިނިސްޓްރީއާ ދާދިފަހުން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަރުކަޒުގައި ތިބި މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ދަތިތަކެވެ.
އެގޮތުން، 2013ވަނަ އަހަރު އެ ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު، އެތަނުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ފާހަގަކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމުގައި ދާއިމީ ހައްލެއް ލިބިފައި ނުވާކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
މީގެ އިތުރުން އެ މަރުކަޒު ހިންގުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް ލިޔެވިފައި ނެތުމާއި، ވޯޑުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ނުވާކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަށީގެންވާ ވަރަށް ތަމްރީނުވެގެން ތިބި ބައެއް ނޫން ކަމަށެވެ. އަދި ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު ތަނުގެ މުވައްޒަފުންގެ އަދަދު ވެސް މަދު ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަމުންދާ މީހުންނާއި، އަޅާލާނެ މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ތިބެއެވެ.
ކިޔުންތެރިންގެ ހިޔާލު