ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު ފަނޑިޔާރު މުހައްމަދު ނިޔާޒް ކާމިޔާބު ކޮށްފިއެވެ.
ހައިކޯޓުން ބުނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިޚާބުކޮށްފި ކަމަށެވެ. އެހެން ނަމަވެސް އެ އިންތިޚާބުގައި ނިޔާޒުގެ އިތުރުން ދެން ވާދަކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް އެކޯޓުން ހާމަކޮށްފައެއް ނުވެއެެވެ.
ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަގާމު ތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު