ލ. މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރަން ދިރާސާކޮށްދޭނެ ބަޔަކު ހޯދަން ލ. ހިތަދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ލ. މެންދޫއަކީ ހިތަދޫއާއި ކުނަހަންދޫ އަދި މާވަށާއި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. އެރަށުގައި މައިގަނޑު ގޮތެއްގައި ކުރަނީ ދަނޑުވެރިކަމެވެ.



ހިތަދޫ ކައުންސިލުން ނެރުނު އިއުލާންގައި ބުނީ ލ. މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ސްވޮޓް އެނަލިސިސްއެއް ހަދައިދޭން ބަޔަކު ހޯދަން ބޭނުންވާކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބިޑު ހުށަހެޅުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ހިތަދޫ ކައުންސިލުން ބުނީ ސަރުކާރުން މެންދުއާ ކުނަހަންދޫ އަދި ހިތަދޫ ކޯޒްވޭއަކުން ގުޅުވާލުމަށް މަޝްރޫއެއް ކުރިޔަށް ގެންދާއިރު ޑޮމެސްޓިކް އެއާޕޯޓެއް މެންދޫގައި އެޅުމުން، އެ ސަރަހައްދުގެ ތަރައްގީގެ ޕްލޭން ފުރިހަމަވެގެންދާނެކަމަށެވެ.

މީގެއިތުރުން ލ. އަތޮޅުގެ އެންމެ ބޮޑު ދެ ރިސޯޓު އެ ސަރަހައްދާއި ކައިރީގައި އޮންނައިރު، އެއާޕޯޓެއް އައުމުން އެ ސިނާއަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.

ލ.އަތޮޅު ކައްދޫގަައި އެއަރޕޯޓެއް އޮތްނަމަވެސް އެއީ އަސްކަރީ މަސައްކަތްތަކަށް ހާއްސަ އެއާރޕޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު