މުހިއްމު ދިރާސާތަކެއްކުރާނެ "ތެވެލި މަހާސިންތާ" އޮގަސްޓްމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
5 ވަނަ ތެވެލި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ބައިނަލްއަޤްވަމީ މަހާސިންތާއެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބުނީ މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޯގަސްޓް މަހުގެ 22 އިން 23ވަނަ ދުވަހަށްކަމަށެވެ. އަދި މިފަހަރުގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ ޤައުމު ބިނާ ކުރުމަށްޓަކައި ކުރާ ދިރާސާތަކަށްކަމަށްވެސް ގައުމީ ޔުނިވަރސިޓީން ބުނެއެވެ.
މި މަހާސިންތާގެ އެންމެ މުހިއްމު މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމްގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޤައުމީ ޔުނވަރސިޓީއަކީ ޢިލްމު އުފައްދާ ޢިލްމް ކުރިއަރުވާ ޔުނިވަރސިޓީއަކަށްވުންކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް މި ކޮންފަރެންސްގައި ކުރިއަށްދާ އެކި ސެޝަންސްތަކުގައި ހުށައެޅިގެންދާނެއެވެ.
ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ފަންނީ ޢީލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު