އާ ހޮސްޕިޓަލްތަައް ގާއިމްކޮށް، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް މިއަހަރު އަންނާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް އެސްޓީއޯއާ ހަވާލުކުރި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށާއި އަނެއްކާވެސް މިއަހަރު ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށެވެ. ނަޞީމް ވިދާޅުވީ ސިއްޙީ ދާއިރާގައި އެސްޓީއޯގެ ފަރާތުން އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި އެބަހުރިކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިލާންވެސް ޖެހުނުކަމަށެވެ. އެހެންނަމަވެސް އެފަދަ ދަތިތައް ހައްލުކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްްޓަރ ނަސީމް ވިދާޅުވީ ސިއްޙީ ދާއިރާއަށް މިހާރު އައިސްފައިވާ ކުރިއެރުމަކީ މި ސަރުކާރުގެ ބުރަ މަސައްކަތްކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އާ ހޮސްޕިޓާތަކުގެ މަސައްކަތްތައްވެސް ފެށޭނެކަމަށާއި އާ ހޮސްޕިޓާތައް ހެދުމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތު މިނިސްޓްރީން އެސްޓީއޯއާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެނެސް ހެލްތު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ޝިހާމް

01-May-2022

ބަދަލެއް ނާދޭ