ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަނުން، ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 20 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މީހާގެ ބަންދަށް ކޯޓުން މިއަދުވަނީ މުއްދަތު ޖަހާފައެވެ.

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނެނީ މީމު އަތޮޅާއި ފާފު އަތޮޅާއި ދާލު އަތޮޅާއި ތާ އަތޮޅުގެ އިތުރުން ލާމު އަތޮޅެވެ.

މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށްވާތީ ތަހުގީގަށް ބޭނުންވާ ހެއްކާއި، ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު