ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.
މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއަކީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިޕާޓީތަކަށް މިހާރު ފައިސާ ދޫކޮށްފައިވާކަމަށެވެ. މިގޮތުން އެމްޑީޕީއާއި، ޕީޕީއެމް އަދި އަދާލަތު ޕާޓީއަށް މިމަހުގެ 7 ވަނަ ދުވަހު ފައިސާ ޖަމާކޮށްފައިވާއިރު ޕީޕީއެމަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މިފަހަރު ޕާޓީތަކަށް ފައިސާ ދޫކުރި ގޮތަށް ބަލާއިރު އެމްޑީޕީ 15،024،009.96 ރުފިޔާ، ޕީޕީއެމް 9،410،483.51 ރުފިޔާ، ޖޭޕީ 5،526،669.74 ރުފިޔާ، އަދާލަތު ޕާޓީ، 2،900،903.79 ރުފިޔާއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެެއެވެ.. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު