އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއިދު ކުރެއްވުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ނިންމަވައިފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެކަން ހާމަކުރެއްވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ފައްޔާޒާއެކު އޭނާގެ ކެމްޕެއިން ހަރުގޭގައި ހުންނަވާ ނަންގަވާފައިވާ ފޮޓޯއަކާއެކު ނަސީމް ކުރެއްވި ޓުވީޓްގައި ވަނީ އިންތިހާބުގައި ފައްޔާޒަށް ކާމިޔާބަށް އެދިވަޑައިގެން ފައްޔާޒާ އެކު ހުންނެވި ކަން ހާމަކުރައްވާފައެވެ.
ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ނަސީމް ވަނީ މި އިންތިހާބުގައި ފައްޔާޒުގެ ކެންޑިޑޭޓް ނަންބަރު ދޭއް އަތްޕުޅުގެ އިޝާރަތުން ދައްކަވައިލައްވާފައެވެ.
ނަސީމަކީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އެމަނިކުފާނުގެ ބޮޑުބޭބޭފުޅެކެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ގިނަ ބޭފުޅުން މިހާރު ވަނީ މި އިންތިޚާބުގައި ފައްޔާޒަށް ތާއިދު އޮތް ކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.

All the best Faya. pic.twitter.com/1F2RCA0O94
— Ahmed Naseem (@KerafaNaseem) April 27, 2022
ނަސީމަކީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އެމަނިކުފާނުގެ ބޮޑުބޭބޭފުޅެކެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ގިނަ ބޭފުޅުން މިހާރު ވަނީ މި އިންތިޚާބުގައި ފައްޔާޒަށް ތާއިދު އޮތް ކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު