ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި ޒުވާން ވިޔަފާރިވެރިޔާ މަސްއޫދު ހިލްމީއަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގެ ހުކުމުގައި ފާޅުކަން ބޮޑު ގޯސްތަކެއް މެޖިސްޓްރޭޓް ހަދާފައިވާ ކަމަށް ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މެޖިސްޓްރޭޓްގެ ހުކުމަށް މުހުތާޒު ފާޑުވިދާޅުވެފައި މިވަނީ މަސްއޫދަށް ހަމަލާދޭ ވީޑިޔޯއިން ފެންނަ މީހާ އެވަގުތު ހުރީ އެހެންތަނެއްގައި ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ހުކުމްކޮށް އެމީހާ މިނިވަންކޮށްފައި ވަނިކޮށެވެ.
ފޮނަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ހުކުމަށް ފާޑުވިދާޅުވަމުން ކުރިމިނަލް ކޯޓްގެ ގާޒީކަން ވެސް ކޮށްފައިވާ މުހްތާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖޭއެސްސީން މިބާވަތުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ފަނޑިޔާރުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މުހްތާޒު ވިދާޅުވީ މި ހުކުމްގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމެވި ނިންމެވުންތައް ޝަރީއަތުގެ ފަހުގެ މަރުހަލާގައި އެއްވެސް ގާނޫނީ އަސާސެއްނެތި ބަދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މައްސަލާގެ ހުކުމްކުރި މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފް ގާނޫނީ ގޮތުން ބޮޑެތި ގޯސްތައް އްހަދަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި ޝަރީއަތުގެ ކުރީ މަރުހަލާގައި މެޖިސްޓްރޭޓް އަލީ ޝަރީފް ވަނީ މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކިބަސް ޝަރީއަތަށް ބަލައިގަންނަން ނިންމައިފައެވެ. ނަމަވެސް ސަރީއަތް ނިންމުމުގެ ހުކުމްގައި މެޖިސްޓްރޭޓް އަލީ ޝަރީފް ވަނީ މި ދެ މީހުންނާއި އަދި ދައުލަތުގެ އެންމެ ހެއްކެއް ފިޔަވައި އެހެން ހުރިހާ ހެއްކެއް ބަލައި ނުގަތުމަށް ނިންމަވާފައެވެ.
މިމައްސަލާގައި ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައި ވެއެވެ. އެގޮތުން ދައުލަތުގެ މައި ހެކިތަކުގެ ގޮތުގައި މަންޒަރު ދުއް މީހުންގެ ހެކި ބަހާއި ވީޑިޔޯ އާއި ވީޑިޔޯ ތަހްލީލް ރިޕޯޓާއި ތަހްލީލްކުރި ފުލުސް އޮފިސަރުގެ ހެކި ބަހުގެ އިތުރުން ފަރުވާދިން ޑޮކްޓަރާއި ފޮރިންސިކް ރިޕޯޓްވެސް ހެކިބަހުގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް ހުކުމް ކުރިއިރު ސަރީއަތުން ވަނީ ޕީޖީ އޮފީހާއި ފުލުހުންގެ އިހްމާލު އޮތްކަމަށް ބުނެ، ހެކިތައް ބަލައި ނުގަންނަން ނިންމާފައެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ޢަލީ ޝަރީފް އިސްމެޖިސްޓްރޭޓްކަން ކުރައްވާ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުންނެވެ.
މި އަޙްމަދު ސަމީމަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު