ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގާނޫނީ ޒިންމާ އަދާނުކުރާކަމަށާއި އެކޮމެޓީގައި ހުރި ބޮޑެތި މައްސަލަތައް ނުނިންމައި ކޮމެޓީގެ މުގައްރިރު އަމިއްލަ އެދުމާއިގެން އުޅުމަކީ "ކަޑަ" ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަކީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މުގައްރިރުކަން ކުރައްވާ ކޮމިޓީ އެވެ. ޖުޑިޝަރީ ކޮމެޓީގައި ހުރި ބޮޑެތި މައްސަލަތަކާއި ބިލްތަކުގެ މައްސަލަތައް ލަސްވެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ.
މިކަމަށް އިޝާރަތް ކުރަށްވައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ގާނޫނީ ޒިންމާ އަދާނުކުރާ ކޮމިޓީއެއްގައި އިންނަވަން ބޭނުންފުޅު ނުވާކަމަށެވެ.
ޖުޑީޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމައި އަމިއްލަ އެދުމާއިގެން އުޅުން "ކަޑަ" ކަމަށް ވިދާޅުވެ ނިހާދު ވިދާޅުވީ ބާ އިމްތިހާނާއި ހައިކޯޓުގެ މައްސަލަތަކާއި ކޯޓުތަކާބެހޭ ގާނޫނާއި ހެއްކާބެހޭ ގާނޫނުގެ މަަސައްކަތް ޖުޑިޝަރީ ކޮމިޓީން ނުނިންމާ ކަމަށެވެ. ނިހާދު ވަނީ އެކަންކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކަހެރިވެވަޑައިގެންފައެވެ.
އިމްތިޔާޒު ފަހުމީ އަމިއްލަ އެދުމާއިގެން އުޅުއްވުމުމާއި ނުވަތަ އަމިއްލަ އެދުން ހާސިލު ކުރެއްވުމަށް އުޅުއްވާ ކަމަށް ނިހާދު ތުހުމަތު ކުރެއްވި ނަމަވެސް އެކަންކަން ފާހަގަ ކުރަށްވާފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިމްތިޔާޒު ވާދަ ކުރަށްވާ ޗެއާޕާސަންގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ކޮމިޓީގައި ވެސް ބައެއް ކަންކަން ކުރަށްވާ ކަމުގެ ތުހުމަތުތައް ބައެއް މެންބަރުން އަންނަނީ ކުރަށްވަމުންނެވެ.

Qaanoonee zinmaa adhaa nukurevey committee ehgai hunnan Beynun nuvaa kamah dhannavaifin! Judiciary committee gai Huri Muhimmu bodethi massala thakaai bill thah nuninmaa Amilla edhumah ulhun kada!
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 27, 2022
Nuninmaa:
- Bar Imthihaan
- High Court
- Court aa Behey Qaanoon
- Hekka behey Qaan..
ޖުޑީޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމައި އަމިއްލަ އެދުމާއިގެން އުޅުން "ކަޑަ" ކަމަށް ވިދާޅުވެ ނިހާދު ވިދާޅުވީ ބާ އިމްތިހާނާއި ހައިކޯޓުގެ މައްސަލަތަކާއި ކޯޓުތަކާބެހޭ ގާނޫނާއި ހެއްކާބެހޭ ގާނޫނުގެ މަަސައްކަތް ޖުޑިޝަރީ ކޮމިޓީން ނުނިންމާ ކަމަށެވެ. ނިހާދު ވަނީ އެކަންކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކަހެރިވެވަޑައިގެންފައެވެ.
އިމްތިޔާޒު ފަހުމީ އަމިއްލަ އެދުމާއިގެން އުޅުއްވުމުމާއި ނުވަތަ އަމިއްލަ އެދުން ހާސިލު ކުރެއްވުމަށް އުޅުއްވާ ކަމަށް ނިހާދު ތުހުމަތު ކުރެއްވި ނަމަވެސް އެކަންކަން ފާހަގަ ކުރަށްވާފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިމްތިޔާޒު ވާދަ ކުރަށްވާ ޗެއާޕާސަންގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ކޮމިޓީގައި ވެސް ބައެއް ކަންކަން ކުރަށްވާ ކަމުގެ ތުހުމަތުތައް ބައެއް މެންބަރުން އަންނަނީ ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު