އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލު ހިންގުމުގެ އިތުރު ފުރުސަތު ދިނުން ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ވިސްނުންތެރި ކަމާއެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލު ހިންގުމުގެ އިތުރު ފުރުސަތުތައް ވަރަށް ބޭނުންތެރި ކަމަށާއި، ބޭރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެއަށް ގެނެވޭނެ ކަަމަށް އެމަނިކުފާނު، ވިދާޅުވިއެވެ.



ރައީސް ނަޝީދު މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެކެވެެ.

ސަރުކާރުން ބުނެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނަތަން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ޓާޝަރީ ފެންވަރުގެ ހޮސްޕިޓާތައް ގާއިމުކުރެވި އެހޮސްޕިޓާތަކުން ސިއްހީ އެންމެ ޒަމާނީ ޚިދުމަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ލިބެން ފަށާނެކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ ނިޒާމުގެ ތެރެއިން ރަށުގައި ތިބެގެން އެކަށީގެންވާ ސިއްހީ ޚިދުމަތަށް ވާސިލުވެވޭނެ ފުރުސަތު މިއާއެކު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު