ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ހޮވައި، ރައްޔިތުން ދިން ސާފު މެޖޯރިޓީއާއިއެކު، ގައުމުގައިހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެނުނީ އެހެން އެޖެންޑާއެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް، ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާޢީލް އަޙްމަދު (އިއްސެ) ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރަށް އެކަށީގެންވާ ތަރައްގީ ނުގެނެވޭ ކަމަށާއި ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ހިޔާނާތް ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބާއި ގުޅުވައިގެން އެފަދަ ވާހަކަތައް ފާޅުގައި ދައްކާ މިންވަރުވަނީ އެތައްތަނެއް އިތުރުވެފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން މަޖިލީހުގެ ތެރޭގައި ވެސް އިދިކޮޅު ޕާޓީއަކުން ނުދައްކާވަރަށް ދަނީ އެ ތުހުމަތުތައް ސަރުކާރަށް ކުރަމުންނެވެ.
އެ ކަންކަމަށް ރައްދުދެއްވަމުން އިއްސެ މިއަދު ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް ދިން ސާފު މެޖޯރިޓީއާއިއެކު ވެސް، ގައުމުގައިހުރި މައްސަލަތަކަށް ހައްލު ހޯދަން އުޅުމުގެ ބަދަލުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެނުނީ އެހެން އެޖެންޑާއެއް ހިންގާން އުޅުނުތަން ކަމަށެވެ. އަދި ލާމަރުކަޒީ ބިލުގެ މަސައްކަތްތައް ފިޔަވާ ފާއިތުވި ތިން އަހަރު ޕާޓީގެ ލީޑަރޝިޕާއި ޕާލަމެންޓްރީ ގްރޫޕް އެއްމޭޒު ވެފައި ނެއްކަމަށްވެސް އިއްސެ ވަނީ ވިދާޅުވެފައެވެ.
އިއްސެ މިއަދުވަނީ އިތުރު ސުވާލުތަކެއްވެސް އެމްޑީޕީގެ ލީޑަރޝިޕަށް އަމާޒު ކުރައްވާފައެވެ. އިއްސެ ވަނީ، ލާމަރުކަޒީ ބިލުގެ މަޝްވަރާ އަދި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތްތަކުން ދެންހުރި މައްސަލަތަކުގެ މަޝްވަރާއަށް ލީޑަރޝިޕާއި ޕީޖީ ގްރޫޕް އެއް ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އެއްމޭޒަކަށް އެއްނުވެ، މަޝްވަރާވެސް ނުކޮށް، ވީ ހުރިހާ ވައުދުތަކެއް ފުއްދޭނެ ގޮތެއް އޮތީތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ. ނޫނީ އެހެން މޮޅަކަށްޓަކައި މަޝްވަރާނުކޮށް ދޫކޮށްލެއްވީތޯ އިއްސެ ވަނީ ސުވާލު އުފައްދަވާފައެވެ.
ލާމަރުކަޒީ ބިލުގެ މަސައްކަތާއި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިސްކޮށް އިންނަވަނީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ނިޔާޒެވެ. އެހެންކަމުން މި ވާހަތައް އަމާޒު ކުރައްވާފައިވަނީ އޭނާއަށްކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ މުޅި ޕާޓީ ވަނީ ދެބައި ވެފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާއީދާއެކު ދެ ބޭފުޅަކު އިންތިހާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާއީ ބޮޑެތި ތުހުމަތުތައްވެސް ކުރަމުންނެވެ. އަދި ރައީސް ނަޝީދު އިސްވެ ހުންނަވައި ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުން އެމްޑީޕީ އެކަހެރިވާން ގޮވާލެއްވުމުން ގެންދަވާތީ ޕާޓީގެ ހަލަބޮލިކަން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންދެއްވި ސާފު މެޖޯރިޓީއާއިއެކު، ހުރި މައްސަލަތަކަށް ހައްލުހޯދަން އުޅުމުގެ ބަދަލުގައި ފުރަތަމަ ދުވަހުން ފެށިގެން ފެނުނީ އެހެން އެޖެންޑާއެއް ހިންގާންއުޅުނުތަން!
— Ismail Ahmed (@N4Isse11) April 27, 2022
ލާމަރުކަޒީބިލް މަސައްކަތަށް ފިޔަވައި ފާއިތުވި 3އަހަރު ޕާޓިިގެ ލީޑަރަސިޕާއި ޕާލިމެންޓް ގުރޫއްޕް އެއްމޭޒްވެފަނެތް🤦♂️
އިއްސެ މިއަދުވަނީ އިތުރު ސުވާލުތަކެއްވެސް އެމްޑީޕީގެ ލީޑަރޝިޕަށް އަމާޒު ކުރައްވާފައެވެ. އިއްސެ ވަނީ، ލާމަރުކަޒީ ބިލުގެ މަޝްވަރާ އަދި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތްތަކުން ދެންހުރި މައްސަލަތަކުގެ މަޝްވަރާއަށް ލީޑަރޝިޕާއި ޕީޖީ ގްރޫޕް އެއް ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އެއްމޭޒަކަށް އެއްނުވެ، މަޝްވަރާވެސް ނުކޮށް، ވީ ހުރިހާ ވައުދުތަކެއް ފުއްދޭނެ ގޮތެއް އޮތީތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ. ނޫނީ އެހެން މޮޅަކަށްޓަކައި މަޝްވަރާނުކޮށް ދޫކޮށްލެއްވީތޯ އިއްސެ ވަނީ ސުވާލު އުފައްދަވާފައެވެ.
ލާމަރުކަޒީ ބިލުގެ މަސައްކަތާއި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިސްކޮށް އިންނަވަނީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ނިޔާޒެވެ. އެހެންކަމުން މި ވާހަތައް އަމާޒު ކުރައްވާފައިވަނީ އޭނާއަށްކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ މުޅި ޕާޓީ ވަނީ ދެބައި ވެފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާއީދާއެކު ދެ ބޭފުޅަކު އިންތިހާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާއީ ބޮޑެތި ތުހުމަތުތައްވެސް ކުރަމުންނެވެ. އަދި ރައީސް ނަޝީދު އިސްވެ ހުންނަވައި ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުން އެމްޑީޕީ އެކަހެރިވާން ގޮވާލެއްވުމުން ގެންދަވާތީ ޕާޓީގެ ހަލަބޮލިކަން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު