މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އިންޑިއާގެ ބައެއް މިނިސްޓަރުންނާއި ބައްދަލުކުރައްވައިފިއެވެ.
އިންޑިޔާ ސަރުކާރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ފަރާތުން މިމަހުގެ 25 އިން 27 އަށް އިންތިޒާމް ކުރި ރައިޒީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝައުނާ ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ މުހިއްމު ވުޒާރާތަކުގެ ވަޒީރުންނާއި މިނިސްޓަރ ބައްދަލުކުރެވިއެވެ.
އެގޮތުން މިނިސްޓަރ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވާއި ބައްދަލުކުރައްވައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާގެ ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ގޮތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔަޑަވް އާއި މިނިސްޓަރ ޝައުނާ ބައްދަލުކުރެއްވިވެއެވެ. މި ބައްދަލުވުމުގައި "ކޮޕް 26" އަށްފަހު އައި ކުރިއެރުމާއި "ކޮޕް 27" އާއި ހަމައަށް ވާސިލުވާއިރު އެޑެޕްޓޭޝަނަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް ޕަވަރ އެންޑް ނިއު އެންޑް ރިނިވަބަލް އެނާރޖީ ކަމަށްވާ ރާޖް ކުމާރު ސިންގްއާއި މިނިސްޓަރ ޝައުނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރެކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރައްވައި އިންޑިޔާ އިން ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވާ ގްރީން ގްރިޑްގެ މަޝްރޫޢުގައި ދިވެހިރާއްޖެ ހިމެނުމާމެދު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މީގެ އިތުރުންވެސް މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ އޮފް މޮލްޑިވްސް ޑރ. ހުސެން ނިޔާޒާއި އަދި ހައިކޮމިޝަންގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.
މިދަތުރުފުޅުގައި ރައިޒީނާ ޑައިލޮގްގެ އެކިއެކި ޕެނަލްތަކުގައިވެސް މިނިސްޓާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އިންޑިޔާގެ "ނިއު ފިއުލްސް، އޯލްޑް އެސްޕިރޭޝަންސް: މޫވިންގް ދަ ނެކްސްޓް ފައިވް ބިލިއަން"ގެ ޕެނެލް ޑިސްކަޝަނާއި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ"ގެ ޕެނަލް ޑިސްކަޝަންގައި ބަވެރިވެވަޑައިގެންނެވިއެވެ. އަދި އައި.އެމް.އެފް އާއި ވޯލްޑް ބޭންކްގެ ސްޕްރިންގް މީޓިންގް ސައިޑް އީވެންޓްގެ ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު