މިހިނގާ 2022 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 266 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މަސްދުވަހުގެ ތަފާސްހިސާބުތައް ހާމަކުރުމަށް ޖެންޑަރ މިނިސްޓްރީން މިއަދު ނެރުނު ރިޕޯޓުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ މާރިޗު މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޖިސްމާނީ ހާނިކައިގެ 27 މައްސަލައާއި، އިހުމާލުވުމުގެ 26 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 20 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 3 މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލައެއްވެސް މާރިޗު މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޖިސްމާނީ އަނިޔާ ކުރުމުގެ 11 މައްސަލަ ހުށަހެޅިފައިވާކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރާ އަނިޔާގެ 10 މައްސަލައާއި، ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލައާއި، އިހުމާލުގެ 4 މައްސަލައާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ 1 މައްސަލަ ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީގެ މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މާރިޗު މަހު އެ މިނިސްޓްރީއަށް 39 އާއިލީ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 21 މައްސަލައާއި، ކުދިންނާ ބައްދަލުކުރުމާއި ގުޅޭ 16 މައްސަލައިގެ އިތުރުން ދަރިންގެ ހަރަދު ދިނުމުގެ 2 މައްސަލަ ހިމެނޭކަންވެސް އެމިނިސްޓްރީން ފާހަގަކުރެއެވެ.
ނިމިދިޔަ މާރިޗު މަހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 28 މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާގައިވާއިރު، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 22 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލަ ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކުޑަކުދިން އެކިއެކި ހައްގުތަކުން މަހުރޫމު ކުރުމުގެ މައްސަލަތައް ވެސް ފާއިތުވި މަހުގެތެރޭގައި ހުށަހަޅާފައިވެއެވެ. އެގޮތުން، މަހުރޫމް ކުރުމުގެ 6 މައްސަލަ މާރިޗު މަހު ރިޕޯޓް ކޮށްފައިވާކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ، އެ ފަދަ މައްސަލަތަކުގެ ތެރެއިން އައި.ޑީ ކާޑު/ ޕާސްޕޯޓު/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 2 މައްސަލައާއި، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލައާއި، ވެކްސިން ނުދިނުމުގެ 1 މައްސަލައާއި، ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލައިގެ އިތުރުން ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ ހިމެނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު