ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް އަލަށް ގެނައި ރީފާ އުޅަނދުން މަސް އެކްސްޕޯޓް ކުރުމުގެ ފުރަތަމަ ދަތުރުގައި ތައިލެންޑަށް ފުރައިފިއެވެ.
މިފްކޯއިން މިއަދު ބުނީ، "ޖަޒީރާ ރީފާ" ގެ ނަމުން ނަން ދީފައިވާ އެ އުޅަނދުގެ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 23 ގައި ކަމަށާއި، 2،500 ޓަނުގެ އެ ރީފާ އުޅަނދުގެ ފުރަތަމަ ދަތުރުގައި ދާނީ ތައިލެންޑަށް ކަމަށެވެ.
މިފްކޯއިން ބުނީ، އެ ކުންފުނީގެ އަމިއްލަ އުޅަނދެއްގައި މަސް އެކްސްޕޯޓްކުރަން ފެށި ފެށުމަކީ ރާއްޖޭގެ މަސްވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް، މަސް ބޭރުކުރަން ބޭރުން ޗާޓަރުކޮށްގެން ހަތް ރީފާ އުޅަނދު ގެނެސްފައިވާކަމަށާއި 24،500 ޓަނުގެ މަސް މިހާރު ގަނެފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އޭގެ އިތުރުން "ޖަޒީރާ ރީފާ" ގެ ސަބަބުން މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރެވި، ހަރަދުތައް ކުޑަ ވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ޖަޒީރާ ރީފާއަކީ އީޔޫއާއި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަޑުތަކަށް ފެތޭ އުޅަނދެއް ކަމަށާއި، މަސް އެކްސްޕޯޓް ކުރުމުގެ އިތުރުން މަސް ރައްކާ ކުރުމަށް މި އުޅަނދު ބޭނުން ކުރެވޭނެ ކަމަށްވެސް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯއިން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް، އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މަސްވެރިންނަށް ފަސޭހަކޮށްދިނުން ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅު ވުމާއި ގުޅިގެން މަސްކިރުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އެއާއިއެކު ސަރުކާރުންދަނީ އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު