ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ރާއްޖޭގެ މީޑިޔާތަކުގައި މަސައްކަތް ކުރާ އިސް ބޭފުޅުންނަށް ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

ރައީސް ސާލިޙު މީޑިޔާތަކުގައި މަސައްކަތްކުރާ އިސް ބޭފުޅުންނަށް ދެެއްވި ރޯދަ ވީއްލުން އޮތީ އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުލީއާގޭގައެެވެ. މި ރޯދަ ވީއްލުމުގައި ރައީސް ސާލިޙާއި އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.



ރައީސް ސާލިޙު ދެއްވި މި ރޯދަ ވީއްލުމުގައި ބައިވެރިވެ ވަޑައިގެންނެވި މީޑިޔާތަކުގެ އިސްބޭފުޅުންނާއި ނޫސްވެރިންނާ އެމަނިކުފާނު ބައްދަލު ކުރައްވައި ވަގުތު ކޮޅެއް ހޭދަކުރެއްވިއެެވެ.



ކިޔުންތެރިންގެ ހިޔާލު