ރާއްޖޭގައި ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ހަސަން މިހެން ވިދާޅުވީ "ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕް"ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޒިފްލީނާ ދެއްކެވި ވާހަކަފުޅުގައި ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އެކަށައެޅި ނިޒާމުގައި ހިމެނޭ މުހިއްމު ދެ އިދާރާކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން ކޯވިޑްގެ ތެރޭގައި ބޮޑު ބުރައެއް އުފުލިއިރު، އެ ދާއިރާގައިވެސް ގިނައިން މަސައްކަތްކުރަމުން ދަނީ އަންހެނުންކަން ޒިފްލީނާ ފާހަގަކުރެއްވިއެވެ.
ޒިފްލީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޯވިޑުގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ. އެގޮތުން ފުރަބަންދުކުރުމާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ފުރަބަންދަށްފަހު ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯވިޑުގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުނުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް މި ބައްދަލުވުމުގައި ޒިފްލީނާ ފާހަގަކުރެއްވިއެވެ.

State Minister Zifleena Hassan joined the ministerial dialogue on COVID-19 & gender inequality during the 2nd meeting of the Commonwealth Women's Affairs Ministers Action Group, highlighting the disproportionate effects of COVID-19 on women & mitigation measures taken by the gov pic.twitter.com/TVDRx9ooTl
— Ministry of Gender, Family and Social Services (@MoGFSSmv) April 26, 2022
ޒިފްލީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޯވިޑުގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ. އެގޮތުން ފުރަބަންދުކުރުމާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ފުރަބަންދަށްފަހު ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯވިޑުގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުނުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް މި ބައްދަލުވުމުގައި ޒިފްލީނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު