މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލް ހާމަކޮށްފައެވެ.
އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 5,583,326.44 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި) މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 107,132 މީހުން މިހާތަނަށް ޒަކާތް ދައްކާފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 27 އޭޕްރީލް 2022 (ބުދަ ދުވަހުގެ) ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުންވެސް ފިޠުރު ޒަކާތް ދައްކާފައިވާކަމަށެވެ.
އެގޮތުން މިހާތަނަށް 3638.3 ކިލޯގެ ގޮވާން ޒަކާތުގެ ގޮތުގައިވަނީ ލިބިފައެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.

ކިޔުންތެރިންގެ ހިޔާލު