ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފިތުރު އީދު ދުވަހު ކ. މާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ފިތުރު އީދު މާލެ އަތޮޅު މާފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
މާފުށީ ކައުންސިލުން ބުނީ މިއަހަރުގެ ފިތުރު އީދުގެ ހަރަކާތްތަކަށް ރައީސް ސާލިހުވެސް އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އީދު ދުވަހުގެ މެންދުރު ރައީސް މާފުށްޓަށް ވަޑައިގަންނަވާނެކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ. އަދި މިއަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހާގަކުރުމަށް މާފުށީގައި ހަވާއެރުވުމަށްވެސް ވަނީ ނިންމާފައެވެ.
މާފުށީ ކައުންސިލުން ބުނީ ހަވާ އަރުވާނީ ފިޠުރު ޢީދު ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯވްގެ ތެރެއިން ކަމަށެވެ. އަދި މިއީ އެރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގާ ކާނި ހޮޓެލްސްއާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއްކަމަށް ކައުންސިލުން ބުނެއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި މާފުށީގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އެދުވަހު ހެނދުނު އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރުގެ ހަރަކާތްތަކާއި އެދުވަހުގެ ހަވީރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ ހަވީރުވެސް ހިމެނެއެވެ.
އީދު ދުވަހުގެރޭ ހުރިހާ އުމުރުފުރާތަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދު ޝޯ ބޭއްވުމަށްޓަކައި އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން މާފުށީގައި ކުރިން އިސްލާހިއްޔާ ހިންގި ބިމުގައި ހުރި އިމާރާތްތައް ތަޅާ އެތަން ވަނީ ސާފުކޮށްފައެވެ.
މާފުށީ ކައުންސިލުން ލަފާކުރާ ގޮތުގައި ފިތުރު އީދާ ގުޅިގެން މާފުއްޓަށް ގާތްގަނޑަކަށް 6 ހާހެއްހާ މީހުން ޒިޔާރަތްކުރާނެއެވެ. އަދި ޢީދު ދުވަހު މާލެއިން މާފުއްޓަށް ދަތުރުކުރާ ފަރާތްތަކަށް އެރޭ ޝޯވ ނިންމާލާފައި އެނބުރި މާލެ އާދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށްވެސް މާފުށީ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު