މަޑުއްވަރީއަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އެ ރަށަށް ފެނަކައިން އަލުން ކަރަންޓް ދީފިއެވެ.

ރ. މަޑުއްވަރީން ކަރަންޓު ކެނޑިފައިވަނީ ރޭ 7:00 ޖެހި އިރު 500 މީޓަރުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެނެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ މީހުން ދިރިއުޅޭ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ.

ފެނަކައިން ބުނީ މި މައްސަލަ ހައްލުކުރުމަށް ރޭގައި މަސައްކަތް ފަށައި، 700 މީޓަރުގެ ކޭބަލެއް އަޅަފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިންމާ ރަށަށް ކަރަންޓު ދެވިފައިވަނީ ހެނދުނު 8:00 ގައިކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މިހާރު މަޑުއްވަރީ ކަރަންޓު މައްސަލަ އެއްކޮށް ވަނީ ހައްލުކުރެވިފައިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު