ދިއްދޫއާއި ވިލިނގިލީ މަގުތަކުގައި ތާރު އަޅަން އާރުޑީސީއާ ހަވާލުކޮށްފިއެވެ.

‏ހދ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 108،530،091.37 ރުފިޔާއަށެވެ. މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.



މީގެއިތުރުން މިއަދު ވަނީ ގއ. ވިލިނގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް އާރުޑީސީއާ ހަވާލުކޮށްފައެވެ.



‏ގއ. ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސާއާ ހަވާލުކޮށްފައިވަނީ 98،330،536.18 ރުފިޔާއަށެވެ.

މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު