އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ފަސްކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ލަސްވީ އެކުންފުނީގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުގެ އޮޑިޓްތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގް ރޫލްސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު އާންމު ކުރުމާއި ބެހޭ ޤަވާއިދުގެ ދަށުން ލިސްޓު ކުރެވިފައިވާ ކުންފުނިތަކުން ކުންފުނީގެ އަހަރީ ރިޕޯޓު އެޕްރީލް 30 ވަނަ ދުވަހުގެ ކުރީން ހިއްސާދާރުންނަށް އެނގޭނެހެން އާންމުކުރަން ޖެހެއެވެ.

ނަމަވެސް އެސްޓީއޯގެ އޮޑިޓްތައް ލަސްވުމާއެކު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދައާއިއެކު، މި ރިޕޯޓު އަންނަ މަހު 15 ވަނަ ދުވަހުގެ ކުރީން އާންމު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އެސްޓީއޯއިން މިހާތަނަށް އާންމުކޮށްފައިވާ އަހަރީ ރިޕޯޓުތައް ދައްކާގޮތުން، 2020 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު