އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެންޕެއިން ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ކޮމިޓީން ނިންމާފައިވާ ނިންމުން އުސޫލާ ޚިލާފު ކަމަށާއި އެނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
ފައްޔާޒްގެ "ހިންގާލަން" ކެމްޕެއިން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައްޔާޒް އިސްމާއީލާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލު ކުރަމުންދާ އުސޫލުތަކާވެސް ހިލާފު ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ، އިންތިހާބުތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމެޓީއެއް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު އިންތިހާބާ ބެހޭ ކޮމެޓީން އުފައްދަންވާނެ ކަމަށް ބުނާ މާއްދާއާ ހިލާފަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިހާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި އެމައްސަލައަކާމެދު ގޮތެއް ނިންމައި މައްސަލަހުށައެޅި ފަރާތަށް އަންގަންވާނެ" ކަމަށް ބުނާ މާއްދާ އާއި ހިލާފަށްކަންވެސް ފައްޔާޒުގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.
ފައްޔާޒުގެ ކެމްޕޭން ޓީމުން ބުނީ އެމްޑީޕީއަކީ އަމަލު ކުރަން ޖެހޭ ގަވާއިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެއް ކަމަށެވެ.
"އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެނޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެއެވެެ.
އެ ބަޔާނުގައި ބުނެފައިވަނީ ފައްޔާޒުގެ ކެމްޕެއިން ޓީމުން ގަބޫލު ކުރާ ގޮތުގައި ކޮމެޓީއަށް ހުށަހެޅިގެން ބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާގުޅޭ ޝަކުވާތަކެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ކަންކަން ހިންގާކަން ހާމަވާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
"މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ." ފައްޔާޒުގެ ކެމްޕެއިން ޓީމުން ބުންޏެވެެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުން ވަނީ ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ބައްދަލްވުމެއް ބޭއްވި ކަމަށާއި ބ. ފެހެންދޫ މީހަކު އިމްތިޔާޒަށް ތާއީދު ކުރާތީ އޭނާ އަދާކުރަމުން އައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރިކަމަށާއި ގދ. ގައްދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އެ ކުންފުނީގެ އެހެން މުވައްޒިފަކަށް ބިރުދެއްކި ކަމަށް ބުނެ އެމްޑީޕީގެ ކޮމެޓީއަށް ޝަކުވާ ތަކެއް ހުށަަައަޅާފައެެވެ. އެ ޝަކުވާތައް ބެލުމަށް ފަހު ވާދަވެރި ކެންޑިޑޭޓްގެ ފަރާތުން މުވައްޒިފުންނަށް ބިރު ދައްކާ ނަހަމަ ނުފޫޒު ފޯރުވާ އަދި ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ މައްސަލަ ބެލި ކޮމެޓީން ބުނެފައިވާ ކަމަށް އިންތިގެ ކެމްޕޭނު ޓީމުން ވަނީ ބުނެފައެވެ. މި ޖަވާބުތަކާއެކު ދައުލަތުގެ ކަމާއިބެހޭ މުއައައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށްދާން ޖެހޭ ކަންކަން ބަލައި އެކަންކަން ކުރިއަށް ގެންދާނެ ކަމަށް އިންތިގެ ކެމްޕޭނު ޓީމުން ހާމަކުރެއެވެެ.

ކިޔުންތެރިންގެ ހިޔާލު