އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާންކުރެއްވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ އެެވެ. އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އާންމު މެމްބަރުން ކަމަށެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ވާހަކައަކީ އަބަދުވެސް ދައްކަވަމުން ގެންދަވާ ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ނިންމައިފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. ގައުމަށާއި ޕާޓީއަށް ފައިދާވާނެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާންކުރައްވާފައިވާއިރު ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ރަައީސްގެ އަރިސްބޭފުޅުން ވަނީ އެމަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަން ކަށަވަރު ކޮށްދެއްވާފަައެވެެ. އަދި އެމްޑީޕީގެ އަސާސީ ގަވާޢިދުގައިވާ ގޮތުން އެމްޑީޕީގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވި ނަމަ ޕްރައިމަރީއަކާއި ނުލައި އެބޭފުޅަކަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް ވެސް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން ރައީސް ނަޝީދު ހާމަކުރަައްވާފަައިވާއިރު ސަރުކާރަށް އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފަހަކަށް އައިސް އެމަނިކުފާނު ގެންދަވަނީ ފާޑުވިދާޅުވަމުންނެެވެ. ދާދިފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ސަރުކާރުން ވަކިވުމަށް ވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު