މި ސަރުކާރު ވެރިކަމަށް ގެނައުމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުކުރާ މަސައްކަތެއް ކުރި އެމްޑީޕީގެ އެހެން މީހަކު ނުހުންނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ޣަފޫރު މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރަށްވާކަން ހާމަކުރަށްވައި ދެއްވި މެސެޖެއްގައެވެ. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ފައްޔާޒު ނުކުރާ މަސައްކަތެއް ކުރި އެހެން މީހަކު އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށާއި އިދިކޮޅުގައި ތިބެގެން ކުރި މަސައްކަތުގައި އިސްސަފުގައި އެންމެ އިސްރޯލެއް އަދާކުރުމުގައި ހުންނެވީ ފައްޔާޒު ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"އެހެންވީމަ ފަޔާ އަކީ އެމްޑީޕީ މީހެއް ނޫން ކަމަށް ދައްކަން މަސައްކަތް ކުރުމަކީ އެއީ ހަމަ ދުވާލު ރޭގަނޑޭ ބުނުން ފަދަ ކަމެއް އެއީ، އެއިކީ ގަބޫލުކުރާނެ ކަމެއް ނޫން،" ޣަފޫރު ވިދާޅުވިއެެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ފައްޔާޒުގެ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ. ފައްޔާޒަށް ތާއިދުކުރަނީ ކޮރަޕްޝަންގެ މައްސަލަ ނުބަލާ އޮއްބާލާފައި ނޫން ކަމަށާއި އެކަން ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ އަތުގައި އެބަހުރި މާލިއްޔަތު ކޮމެޓީގެ ހުރިހާ ޑޮކިއުމަންޓްތަކެއް އަދި ނުވިތާކަށް 241 ކޮމެޓީގައިވެސް އެތަނުގެ މެމްބަރެއް އަޅުގަނޑަކީ. އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓޭ އެމްއެމްޕީއާރުސީގެ ތި ލިސްޓްގައި ހިމެނޭ ބޭފުޅުންނާއި މިހުރިހާ އެއްޗަކާއި ޑޮކިއުމަންޓްތަކެއް. އެ އެއްޗެއްސަކު ނެތޭ ފަޔާގެ ނަމެއް. ދެން އެހެންވީމަ ކޮން ކޮރަޕްޝަންގެ ވާހަކައެއްތޯ މިދައްކަނީ." ފައްޔާޒަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަށް ދޮގުކުރައްވަމުން ޣަފޫރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރުން ހޯދާ ކާމިޔާބީތަކުގެ އިސްސަފުގައި ފައްޔާޒުގެ ނަން ފާހަގަކުރަންޖެހޭ ކަމަށެވެ. އެގޮތުން ފައްޔާޒުގެ މަސައްކަތްތަކާއި ކޮމިޓްމަންޓާ އިޚުލާސްތެރި މަސައްކަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފުރޫ ވިދާޅުވީ އެމްޑީޕީ އަށްޓަކައި ހެއު ހިތުން މަސައްކަތް ކުރާނަމަ ސަރުކާރުގެ ތެރޭގައި ހުރި ގޯސް ކަންތައްތައް ސަރުކާރާއި ޕާޓީގެ ތެރެއިން ވާހަކަ ދައްކައިގެން ހަައްލުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން އެ މަސަައްކަތް ކުރުމަކީ ޕާޓީގެ ރޫޙުގައި ޕާޓީއަށް ހެއު އެދިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ނުބެލެވޭނެ ކަަމަށް ޣަފޫރު ވިދާޅުވިއެވެ.

"އެއީ ހަަމަ ސީދާ 2023 ގެއްލުވާލަން ޕާޓީގެ ވެރިކަން ގެއްލުވާލުމަށްޓަކައި ހިންގަމުން ގެންދާ ބޮޑު ޖަރީމާއެއް އެއީ، އަޅުގަނޑަށް އެ ހުރިހާ ކަމެއް ލޮލަށް ފެނިފައި މިހިރީ، މިހަމަ ވަރަށް ސާފުކޮށް ހުރިކަންތައްތަކެއްމީ. މީގެން ނުވާނެ ފައިދާއެއް އެއްވެސް މީހަކަށް." ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


7

ސަރީ ާ

01-May-2022

އައްނިޔައް ސެލިއުޓުނުނަގަންވެގެން ސިފައިންގޭމް އިސްތިއުފާދިން ގަބޯ