ހޫނު ގަދަވުމުން ފަރުތަކަށް ވާނެ ގޮތަކާމެދު ފިކުރުކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ހޫނުމިން ދުވަހެއް ދުވަހަކަށް އިތުރުވެ، އެކަމުގެ ސަބަބުން އިންސާނުންނަށް އެކި ގޮންޖެހުންތަައް ކުރިމަތިވަމިންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އިންޑިއާ ކަނޑުގެ ހޫނުމިން މިދަނީ އިންތިހާއަށް މަތިވަމުންކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިއްމުކަމަށާއި ފަރުތަކަށް ވާނެ ގޮތާއިމެދު ފިކުރުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.



ސައިންސްވެރިން ބުނާގޮތުން ދުނިޔޭގޭ ފިނިހޫނުމިން މި ވަގުތު މިއޮތީ 19ވަނަ ގަރުނާ އަޅާ ބަލާއިރު، 1.2 ޑިގްރީ ސެލްސިއަސް ގައެވެ. އަދި އެޓްމޮސްފިއާގައި ހުރި ކާބަންޑައިއޮކްސައިޑް ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރަން ބޭނުން ނަމަ ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވިޔަނުދީ ހިފަހައްޓަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު