އަހުމަދު މަސްނޫމް   29 އޭޕްރީލު 2022 - 18:55
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިއަހަރު ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި އިސްލާމިކް މިނިސްޓްރީގައިކަމަށެވެ. މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބިނާކޮށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާން ކުރާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހެކެވެ. އަދި މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ މަހުގެ 2 ވާ ހޯމަދުވަހެވެ.

ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.



ކިޔުންތެރިންގެ ހިޔާލު