-
-
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހުށައަޅާފައިވާ ޓެކްނިކަލް ބިޑްތަކުގެ އިވެލުއޭޝަން މަސައްކަތް ނިންމައި ފައިނޭންޝަލް ބިޑިންގ އަށް ހުޅުވާލައިފިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު 3 މާރޗް 2022 އަށް ހަމަވިއިރު 4 ކުންފުންޏަކުންވަނީ ބީލަން ހުށަހަޅާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފު މިއަދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހުށައަޅާފައިވާ ޓެކްނިކަލް ބިޑު އިވެލުއޭޝަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފައިނޭންޝަލް ބިޑިންގއަށް މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



އޭނާ އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރަން ރާވާފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމޭއިރު އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭނެއެވެ.

ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކާއި ބޯއިން ބީ777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރާނެއެވެ.

މި މަސައްކަތްތައް ނިމޭއިރު، މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ޚަނޮޅި

01-May-2022

ތީއިންޑިޔާ މީހުންގެތަނެއް ކިހިނެއް ބިޑު ކުރާނީ ބޯހަލާކު


1

ޙާމްބެ

01-May-2022

ޓިޔައެއަރޕޯޓް ފެންނާނީ އާތިފަށް އެކަނި އެއަރޕޯޓް އެޅީ ކުރިނ ޢެކޮނޮމިކު މިނިސްޓަރީން މިހާރު ޓުެަރިޒަމް މިނިސްޓަރީން ދެން ކައުނސިލުން އިއުލާނުކުރާނެ ތިއެއަރޕޯޓް އަޅަން އާތިފު ދެން ހޯހޯ