ބާ ކައުންސިލްގެ ދައުރު ހަމަވާތީ އަންނަ ޖޫން މަހު އިންތިޚާބު ބާއްވަން ނިންމައި އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބާ ކައުންސިލުން ހުޅުވާލައިފި އެވެ.
ގާނޫނީ ވަކީލުންނާބެހޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް، 2019 ވަނަ އަހަރު އިންތިޚާބުކުރި ފުރަތަމަ ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމުތަކުގެ އިންތިޚާބު އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ބާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އެންމެ ވާދަވެރި، ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ ޝަރުތުތައްވެސް އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރުން ހިމެނެއެެވެ. އެ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
މީގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމުގެ ހަ މަގާމަށް ކުރިމަތިލުމަށް ވަކީލު ކަމުގެ ފަސް އަހަރުގެ ތަޖްރިބާ ހުންނަންޖެހެއެވެ. އެ ކޮމެޓީގައި ހިމެނޭ ބަންޑާރަ ނައިބަކީ އިންތިޚާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު