ހައްޖަށް މީހުން ގެންދިއުމަށް މިފަހަރު ރާއްޖެއަށް މަދުން ކޯޓާ ލިބިއްޖެނަމަ ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު ދޭނީ 3 ބަޔަަކަށްކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ދިއުމަށް ސައުދީން ދީފައިވަނީ 453 ކޯޓާއެވެ. ނަމަވެސް އަދިވެސް އެކަން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓަރ ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރާއްޖެއަށް މަދުން ކޯޓާ ލިބިއްޖެނަމަ ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދޭނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން، އިތުރު 2 ޖަމާއަތަކަށްކަމަށެވެ. އަދި ޖަމާއަތްތަކަށް ދޭނެ ވަރު ކަނޑައެޅޭނީ ރާއްޖެއަށް ކޯޓާ ލިބޭ ވަރު ރަސްމީކޮށް ސަޢުދީ ސަރުކާރުން އެންގުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޢީދު ބަންދަށްފަހު ޙައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލްތައް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަނެކަމަށެވެ. އަދި މިިދިޔަ ހަފްތާގައި ޙައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން ޖަމާއަތްތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް 453 ކޯޓާ ދޫކޮށްފައިވާއިރު ކޯވިޑްގެ ކުރިން ރާއްޖެއަށް 1000 ކޯޓާ އައީ ދެމުންނެވެ. އަދި އެކޯޓާ އިތުރު ކޮށްދީފައި ވެސާ ވެއެވެ.
މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރުވާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.
ނަމަވެސް 2020 ވަނަ އަހަރު ކޯވިޑް އެންމެ ގަދައަށް ފެތުރުނުއިރު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އަދި މިދިޔަ އަހަރު 60000 މީހުންނަށް ފުރުޞަތު ދިނުވެ.
ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ.
ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާއަށެވެ. އެޤައުމަށް 100051 ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ، އިންޑިއާއަށް 79،237 ކޯޓާ، ބަންގްލަދޭޝްއަށް 57،585 ކޯޓާ އަދި ނައިޖީރިއާއަށް 43،008 ކޯޓާއެވެ.
މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު