ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެފަދަ އަމަލުތައް އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
އިދިކޮޅު ޕީޕިއެމުން މިހެން ބުނީ، ތިމަރަފުށީ ޓާފް ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. ޕީޕިއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ނިންމާ ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް އެ ދަނޑަށް ގެއްލުންދީ ދަނޑު ހަލާކުކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީ ނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށެވެ.
އިދިކޮޅުން ނެރުނު ބަޔާނުގައި މި ފިނޑި ނާތަހުޒީބު ޢަމަލު ހިންގާފައިވަނީ ކޮންމެ ބަޔަކު ނަމަވެސް އެކަން ކުރި ބަޔަކާއި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފަ އެވެ. އަދި ރަށުގެ ތަރައްޤީއަށް ހުރަސް އެޅުމާއި ރަށުގައި ޤާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު