މެދު ރާއްޖެ ތެރޭގެ ރަށެއްގައި ބައްޕައަކު ދަރިފުޅު ގައިގައި އަލިފާން ޖެއްސި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މެެދު އުތުރު ރީޖަނުގެ ރަށެއްގައި ހިނގި މިހާދިސާ އެއިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެެ. މި ހާދިސާގައި އަނިޔާ ލިބުނީ އުމުރުން 12 އަހަރުގެެ ފިރިހެން ކުއްޖަކަށެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އެެކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ. މިމައްސަލަ މިހާރު މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސުން އަންނަނީ ބަލަމުންނެެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވުމުން މިމައްސަލައިގައި ހިމެނޭ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު