ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަކީލުންގެ ހައްގަށް އަރައިގެންފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ގިނަ އަދަދެއްގެ ވަކީލުން ޖުޑިޝަރީ ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައަށް ގޮތެެއް ނުނިމި ދިގުލައިގެންދާތީ އެކަމާ މެދު ކަންބޮޑުވުން ހިއްސާކުރައްވަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަކީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މުގައްރިރުކަން ކުރައްވާ ކޮމިޓީ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ގާނޫނީ ވަކީލުން ހުށައަޅާފައި މައްސަލައާމެދު ގޮތެެއް ނުނިންމާ މުގައްރިރާ ކޮމެޓީގެ މެމްބަރުން ކެމްޕެއިންގައި އުޅުމަކީ ވަކީލުންގެ ހައްގަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން ވަކީލުންގެ ހައްގު ހޯދައިދެވޭނެ އެހެންް ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ އެެއީ ކޮމެޓީން ސަރުކާރަށް ކުރާ ޖެެއްސުމެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.



"ސަރުކާރުން އެކުދިން (ވަކީލުން) ގެ ހައްގަށް އަރައިގަންނާނެ ކަމަށް ދައްކައި އެ ހުރިހާ އާއިލާ އެެއްގެ ނަފުރަތު ސަރުކާރަށް ލެންބުމަށް ކުރާ ކަމެއް ކަމުގައި ނޫނީ މިކަން ވާނެތޯ؟ ސަރުކާރަށް ކުރާ މިފަދަ ޖެއްްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތު މީހާ އަށް." ނިހާދު ވިދާޅުވިއެެވެ.

ނިހާދު މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގާނޫނީ ޒިންމާ އަދާނުކުރާކަމަށާއި އެކޮމެޓީގައި ހުރި ބޮޑެތި މައްސަލަތައް ނުނިންމައި ކޮމެޓީގެ މުގައްރިރު އަމިއްލަ އެދުމާއިގެން އުޅުމަކީ "ކަޑަ" ކަމެއް ކަމަށެވެ. ނިހާދު ވަނީ އެކަންކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކަހެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު