ހިޔާ ފްްްްލެޓްތައް
ހިޔާ ފްްްްލެޓްތައް
ހިޔާ ފްލެޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ހުރި ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެފްލެޓުން މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާއެކު 19 އަހަރާއި 26 އަހަރާއި ދެމެދުގެ ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސްފައެވެ. ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ މިމީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ.

ކޯޓުގައި ފުލުހުންބުނީ އެ ފްލެޓްގެ ސިޓިންރޫމުގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އެކަބަޑުގެ ތެރެއިންނާއި ސިޓީންރޫމުގެ ސޯފާމަތިންނާއި އެ އެޕާޓްމެންޓުގެ ދެ ކޮޓަރި ބަލާފާސްކުރިއިރު 50،300 ރުފިޔާ ފެނިފައިވާ ކަމަށާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނެފައިވަނީ އޭނާ އެ ފްލެޓަށް ދިޔައީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށެވެ. އަދި އިތުރު މީހަކު ވަނީ އޭނާގެ އަތުން ފެނުނު ފައިސާއަކީ އޭނާ ވަޒީފާ އަދާކުރާތަނުން ލިބުނު ފައިސާކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން