ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅާދޭނެ ބަޔަކު ސަރުކާރުން އިޢުލާންކޮށްފިއެވެ.
ތިނަދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,050,000ރ (އެއް މިލިއަން ފަންސާސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިކަމަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 30ވާ ހޯމަދުވަހުގެ 10:00 ގައި އެ މިނިސްޓްރީގައިކަމަށެވެ.
ތިނަދޫގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، އާބާދީގައި 7500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.
ސަރުކާރުން ވަނީ ދާދިފަހުންވެސް ގިނަ ރަށްތަކެއްގައި ހައުސިން ޔުނިޓް އަޅާދޭނެ މީހުން ހޯދަން އިއުލާންކޮށްފައެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިވަގުތު 1687 ހައުސިންގ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު