ރާއްޖެ އެތެރެކުރާ ޑީސަލްއާއި ޕެޓްރޯލް ފަދަ ތެލުގެ ފެންވަރު ވަޒަން ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހަކަތައިގެ ގާނޫނުގެ ދަށުން ރާއްޖޭގައި ކުރެވޭ ތެލުގެ ވިޔަފާރި ރެގިއުލޭޓް ކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މައްޗަށް ގިނަ ޒިންމާތަކެއް ވަނީ މަތިކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭން ތެޔޮ ބޭރުކުރުން، އެތެރެ ކުރުން، ރިފައިންކުރުން، އުފުލުން، ރައްކާތެރިކުރުން، ވިއްކުން އަދި ބެލެހެއްޓުން ހިމެނެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިހާރު ވަނީ ރާއްޖެ އެތެރެކުރާ ޑީސަލްއާއި ޕެޓްރޯލް ފަދަ ތެލުގެ ފެންވަރު ވަޒަން ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މަސައްކަތުގައި އެހީތެރިވެދޭނެ ކޮންސަލްޓެންޓެއް ހޯދަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
އިއުލާނުގައިވާ ގޮތުން، ކޮންސަލްޓެންޓްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ތެލުގެ ފެންވަރު ވަޒަން ކުރަން ކުރަން ޖެހޭ ކަންކަން ފާހަގަކޮށްދިނުން ހިމެނެއެވެ. އަދި ޕެޓްރޯލިއަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކޮށް އެ މަސައްކަތް ކުރުމުގައި އަމަލު ކުރަން ޖެހޭނެ ހެލްތު ގައިޑްލައިނެއް ވެސް ތައްޔާރު ކުރަން ބޭނުންވާ މައުލޫމާތުތައް ހޯދައިދިނުން ހިމެނެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު އިއުލާންގައިވާ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:59 ގެ ކުރިން ބީލަން ހުށަހަޅަންޖެހެެެވެ.

ކިޔުންތެރިންގެ ހިޔާލު