ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަންނަމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނޭކަމަށް ސަރުކާރުން ހާމަކިށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

"މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް." ރައީސް ޞާލިޙު ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑު ވާނެ ކަމަށެވެ. އަދި ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް މާދަމާ ހާމަކުރާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ޓީޗަރުންގެ މުސާރަ މޭމަހުން ފެށިގެން ބޮޑުކުރުމަށް ނިންމާފައިވާއިރު، ޓީޗަރުންގެ މުސާރައަށްފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަމަށް ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު