ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝެއިހް ޒައިދު މިކަމަށް ގޮވާލެއްވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަންނަމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމާއި ގުޅިގެންނެެވެ.

އެކަމަށް އިޝާރަތް ކުރައްވައި ޝައިހް އަލީ ޒައިދު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވާއިރު ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންގެ މުސާރަ އެއްވެސް ވަރަކަށް ބޮޑުނުވާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެގޮތުން މާސްޓަރ ސެޓްފިކެޓް އޮތް ލެކްޗަރާއިންނަށް ލިބެނީ އެންމެ 17000 ރުފިޔާ ކަމަށް ޒައިދު ވިދާޅުވިއެވެ.



"މިއީ އެ މަސްއޫލިއްޔަތާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއް، ބޮޑު ކޮށްދެއްވާ!" ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވާ ޒައިދު ވިދާޅުވިއެވެ.

ސަރުކާރުން ބުނީ ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލާއެކު ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް ބޮޑުވާނެ ކަމަށެވެ. އެއީ 56 ޕަސެންޓްގެ ކުރިއެރުމެެވެ.

އެ މުސާރަ އަކީ އިތުރު ގަޑި ނުލާ ލިބޭ މުސާރައެވެ. އިތުރުގަޑި އާއެކު އެ މުސާރަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން މުސާރައަށް ގެންނަ ބަދަލާއެކު، 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000 އަށް ބޮޑުވާއިރު މިހާރު 14،000ރ. ޖެހޭ މީހުންނަށް 28،000ރ. ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ރިޔާސީވައުދު

01-May-2022

ރުފިޔާއައް ދީންވިއްކާ ސޭކުން ސަރުކާރައް ޖެއްސުންކުރަން ތިކުރާ މަސަތްކަތް އަޑުއަހާނެ ބަޔަކުނެތް.. އެހެންނޫނަސް މިދައުރުގެ ރިޔާސީބަޔާނުގަ ޒައިދު ތިބުނިކަމެއް ނެތް.. ހިތާމަޔާއެކު ބުނަންޖެހޭނީ ވަރައްދެރައޭ… ކަލޭމެންކަހަލަ އަގެއްނެތް ބަޔަކު ދައްކާހާވާހަކައަކައް ސަރުކާރުން އަޅައެއްނުލާނެ.. ކަލޭމެންނާހެދި ހަގީގީ ދީނީއިލްމުވެރިންނައްވެސް ބޮޑު ހުތުރެއް.. މަށައްދެރަވަނީ މިމީހުން ކޮއްލާ ޓްވީޓަކައް ޙަބަރެއްލިޔާތީ…


-9

ޢިއްބެ

01-May-2022

ޒައިދުގޮވައި ހަޅޭލަވައިގެންނެތްނޫރައީސްމުވައްޒިފުންގެމުސާރަބޮޑުކުރަނީ ދޫރައްކާތެރިކުރުމަށް އަންގަވާފައިވާ ވަހީއާ ހަދީސްބަސްފުޅުތައްޒިޔަދަށްނޭނގެނީތަ ޒިޔަދަކީ ނޫސްވެރިެއްތަ ނުވަތަޟައިޚެއްތަ