ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ހުރީ އިންސާފާއި ދެކޮޅަށް ކަމަށާއި އިންސާފު ލިބޭނެ ދުވަހެއް ނޭގޭ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރެއްވީ އަދުލްވެރި ވެެރިކަމެއް ގެނައުމަށް ކަމަށާއި، ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހަށް ވެންނެވީ އެބޭނުމުގައި ކަމަށެވެ. އިބްރާ ވިދާޅުވީ އެމްޑީޕީ އުފެދުނީ އަދުލް އިންސާފު ގާއިމް ގާއިމް ކުރުމަށް ކަމަށާއި ޑިމޮކްރަސީ ގެންނަން އުޅުނީ އެހެންވެގެން ކަމަށެވެ. އަދި 2008، 2013، 2018ގައި އެމްޑީޕީ އަށް ތާއިދުކޮށް ވޯޓްދީ މުޅި ދިރިއުޅުން ގުރުބާން ކުރީ އިންސާފު ހޯދުމަށް ކަމަށާއި، އެހެން ނަމަވެސް ހިތާމައަކީ މިއަދު ވެސް އެކަން ހާސިލްނުވާތީ ކަމަށް މާލޭގެ މެމްބަރުކަން ކުރެއްވި އިބްރާ ވިދާޅުވިއެވެ.
"ކޯޓުތަކުން އިންސާފެއް ނުލިބެއެވެ. މަޖިލީހުގެ ނިންމުންތައް ހުރީ އިންސާފާއި ދެކޮޅަށެވެ. ސަރުކާރުގެ އަމަލުތައް އަަދުލްވެރިއެއް ނޫނެވެެ. ޚުދު އަހަރެންގެ މުދާ ދައުލަތުން ފޭރި ބޭނުންކުރާތާ ހަތް އަަހަރުވީއެވެ." މަންދު ކޮލެޖް ހިންގަން މިހާރުގެ އިއްޒުއްދީން ސްކޫލް ހުރި އިމާރާތް ދިނުމަށް ވި އެއްބަސްވުން ރައީސް ޔާމިންގެ ސަރުކާރުން ބާތިލްކުރި މައްސަލައަށް އިޝާރަތް ކުރައްވަމުން އިންސާފު ނުލިބޭތީ ކަންބޮޑުވުން ހިއްސާކުރައްވަމުން އިބްރާ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާ ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމިންގެ ސަރުކާރުގައި އަނިޔާ ލިބި މުދާ ގެއްލުނު އެތައް ބަޔަކު މިއަދު ވެސް ތިބީ އެވޭނާއި ކެކުޅުމުގައި ކަމަށެވެ. އަދި ރައީސް ސާލިޙުގެ ސަރުކާރުގެ މި ވޭތުވެދިޔަ ހަތަރު އަހަރުވެސް އެ އަނިޔާ ލިބެމުންދާ ކަމަށާއި އަދުލްވެރިކަމެއް ނުފެންނަ ކަމަށް އިބްރާ ވިދާޅުވިއެވެ.
"އިންސާފަށް ފެށި ދަތުރު އަދި ހުރީ ދެބައިކަނޑުގައެވެ. ލިބުނު ތަޖުރިބާއިން އެގޭ އެއްްޗަކީ މުޖުތަމައުގައި އަދުލްވެރިން ގިނަވި ދުވަހަކުން މެނުވީ ސަރުކާރުން ވެސް މަޖިލީހަކުން ވެސް ކޯޓުތަކުން ވެސް އިންސާފު ގާއިމް ނުކުރާނެކަމެވެ." އެމްޑީޕީ އުފެއްދުމަށާއި ޑިމޮކްރަސީ ގެނައުމަށް އިސްދައުރެެއް އަދާކުރެއްވި އިބްރާ ވިދާޅުވިއެވެ.
އިބްރާ މިހެން ވިދާޅުވެފައިވާއިރު މަންދު ކޮލެޖް ހިންގަން މިހާރުގެ އިއްޒުއްދީން ސްކޫލް ހުރި އިމާރާތް ދިނުމަށް ވި އެއްބަސްވުން ރައީސް ޔާމިންގެ ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އެ އެއްބަސްވުން ގާނޫނާއި ޚިލާފަށް ބާތިލް ކުރުމުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ކަމަށް ބުނާ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

.../6 insaaf libeyne dhuvaheh adhi neyge eve. MAG verikan, Anni verikan, Waheed verikan, YAG verikamugai aniyaa libi, mudhaa gellunu ethah baeh adhives thibee veynaa kekulhumugaeve.
— Maverick Ibra (@ibramandhu) April 30, 2022
Ibu verikamuge 4 aharugai, ithurah aniyaa libemun dhanee eve. Adhuluverikameh nufene eve..../8
"ކޯޓުތަކުން އިންސާފެއް ނުލިބެއެވެ. މަޖިލީހުގެ ނިންމުންތައް ހުރީ އިންސާފާއި ދެކޮޅަށެވެ. ސަރުކާރުގެ އަމަލުތައް އަަދުލްވެރިއެއް ނޫނެވެެ. ޚުދު އަހަރެންގެ މުދާ ދައުލަތުން ފޭރި ބޭނުންކުރާތާ ހަތް އަަހަރުވީއެވެ." މަންދު ކޮލެޖް ހިންގަން މިހާރުގެ އިއްޒުއްދީން ސްކޫލް ހުރި އިމާރާތް ދިނުމަށް ވި އެއްބަސްވުން ރައީސް ޔާމިންގެ ސަރުކާރުން ބާތިލްކުރި މައްސަލައަށް އިޝާރަތް ކުރައްވަމުން އިންސާފު ނުލިބޭތީ ކަންބޮޑުވުން ހިއްސާކުރައްވަމުން އިބްރާ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާ ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމިންގެ ސަރުކާރުގައި އަނިޔާ ލިބި މުދާ ގެއްލުނު އެތައް ބަޔަކު މިއަދު ވެސް ތިބީ އެވޭނާއި ކެކުޅުމުގައި ކަމަށެވެ. އަދި ރައީސް ސާލިޙުގެ ސަރުކާރުގެ މި ވޭތުވެދިޔަ ހަތަރު އަހަރުވެސް އެ އަނިޔާ ލިބެމުންދާ ކަމަށާއި އަދުލްވެރިކަމެއް ނުފެންނަ ކަމަށް އިބްރާ ވިދާޅުވިއެވެ.
"އިންސާފަށް ފެށި ދަތުރު އަދި ހުރީ ދެބައިކަނޑުގައެވެ. ލިބުނު ތަޖުރިބާއިން އެގޭ އެއްްޗަކީ މުޖުތަމައުގައި އަދުލްވެރިން ގިނަވި ދުވަހަކުން މެނުވީ ސަރުކާރުން ވެސް މަޖިލީހަކުން ވެސް ކޯޓުތަކުން ވެސް އިންސާފު ގާއިމް ނުކުރާނެކަމެވެ." އެމްޑީޕީ އުފެއްދުމަށާއި ޑިމޮކްރަސީ ގެނައުމަށް އިސްދައުރެެއް އަދާކުރެއްވި އިބްރާ ވިދާޅުވިއެވެ.
އިބްރާ މިހެން ވިދާޅުވެފައިވާއިރު މަންދު ކޮލެޖް ހިންގަން މިހާރުގެ އިއްޒުއްދީން ސްކޫލް ހުރި އިމާރާތް ދިނުމަށް ވި އެއްބަސްވުން ރައީސް ޔާމިންގެ ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އެ އެއްބަސްވުން ގާނޫނާއި ޚިލާފަށް ބާތިލް ކުރުމުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ކަމަށް ބުނާ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު